Sunday 25 November 2012

ބަޔާން

بسم الله الرحمن الرحيم

السلام عليكم ورحمة الله وبركاته

މިދުނިޔޭގެ ޙަޔާތަކީ ވަރަށް ކުރު އެއްޗެކެވެ. މިޙަޔާތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނީ ވަރަށް މަދުބަޔަކަށެވެ. އެހެންކަމުން މިޙަޔާތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް އަވަސްވެގަންނަމެވެ. މިކަން ޙާސިލްވާނީ ، ތިޔަ އެންމެ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންނެވެ. އަޅުގަނޑުގެ ޙަޔާތުގެ ދުވަސްތައް ވޭތިކުރަން ޖެހިފައި މިއޮތީ ތަޔަބޭފުންނާއެކުގައިއެވެ. ތިޔަބޭފުޅުންގެ މުދަލާއި މިލްކުގައިވާ ތަކެތީގެ ތެރޭގައި އަޅުގަނޑުގެ ދިރިއުޅުން މިވޭތިކުރާ ކުރުމުގައި، ތިޔައިގެ އެންމެ ބޭފުޅުންގެ ޙައްޤުތަކަށް، ފަރުވާކުޑަކުރެވުމުގެ ސަބަބުންނާއި އީމާންތެރިކަން ބަލިކަށިކަމުގެ ސަބަބުން، އަރައިގަނެވިފައި ވުމީ ވަރަށް ގާތްކަމެކެވެ. އެކަން ތިޔަބޭފުޅުންނަށް އިޙުސާސްނުވެ، ފާހަގަނުކުރެވި އޮތުމަކީ އެކަން އަޅުގަނޑުގެ ފަރާތުން ނުވެއޮތްކަމުގެ ދަލީލެއްނޫނެވެ. ފާއިތުވެ ދިޔަތަން ވޭތުވެފައިވަނީ އެފަދައިންނެވެ. ވިސްނާއިލެވުމާކާ ނުލައެވެ.

ވިމާ، އަޅުގަނޑުގެ ފުށުން ލިބިފައިވާ ގެއްލުންތައް މާފްކޮށްދެއްވުން އެދެމެވެ. ތިބާގެ ޙައްޤަށް އަރައިގަނެވިފައި ވުމުގެ ސަބަބުން ލިބުނުގެއްލުމުގެ ދެގުނަ އިތުރަށް ތިބާއަށް ދެއްވާށިއެވެ! ތިބާގެ މުދަލުގައި ބަރަކާތް ލައްވައި، ތިބާގެ ޢުމުރު ދިގުކުރައްވައި، ހެޔޮޢަމަލު ގިނަ ކުރުމުގެ ތަޢުފީޤު ތިބާއަށް މިންވަރުކޮށްދެއްވާށިއެވެ. ﷲ تعلى އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ.

No comments:

Post a Comment