Sunday 31 March 2013

މުދާ

މުދަލަކީ ތަޢާލާގެ މިލްކެއް، އެމުދާ މީސްތަކުންގެ އަތްމަތީގައިވަނީ އަމާނާތެއްގެ ގޮތުގައި، އެ ހޯދައިގަންނަން ޖެހެނީ އެ އިލާހު ހުއްދަކުރެއްވި އުސޫލުތަކުގެމަތިން، އެ ހޭދަކުރަންޖެހެނީ އެއިލާހު ހުއްދަކުރެއްވި ގޮތުގެމަތިންނެވެ. މިކަމަކީ ހިސާބު ބެއްލެމުގެ ދުވަހުގައި ސުވާލުކުރެވޭނެކަންކަމެވެ. ހެއްދެވި ޚާލިޤެއް އެއްކައުވަންތަ އިލާހެއް ވާކަން ޤަބޫލުނުކުރާ ކާފިރުންގެ އުސޫލަކާއި ގޮތްތަކުގައި މަސްލަޙަތު އެއްގޮތަކަށްވެސް ނުނުންނާނެއެވެ. އިޤްތިޞާދު ބައްޓަން ކުރަންޖެހޭނީ އުޑާއި ބިމާއި އެދެމެދުގައި ވާހާތަންތަނާއި ތަކެއްޗެއްގެ މިލްކުވެރި ފަރާތް (ﷲ تعالى) އަމުރުކޮށް އެކަންކުރަން އަންގަވާފައިވާ ގޮތަށެވެ.

No comments:

Post a Comment