Wednesday 11 September 2013

Hairaaneh nuvey thoaeve!

ހައިރާނެން ނުވޭތޯއެވެ!


ލޮބުވެތި އަޚުންނޭވެ. ކެނެރީގޭ ނަޝީދު ވެރިކަމުގައި ހުރިއިރު ދައްކާފައިހުރި ވާހަކަތަކުގެ ތެރެއިން އަޅުގަނޑު އެންމެ ކަންބޮޑުވި ދެ ވާހަކަކޮޅު ތިރީގައި ލިޔެލާނަމެވެ.

1.      ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ދެއްވި 19 ވަނަ ރޭޑިއޯ ޚިޠާބު
.... އަޅުގަނޑުގެ ނަޒަރުގައި ބުއްދިވެރި ގޮތަކީ، މީހުންގެ ފުރާނަ ހިފުން އެއީ، ޤާނޫނުލްޢުޤޫބާތުގައި އޮންނަ ޢުޤޫބާތަކަށްނުވުން. މީހުން މެރުން އެއީ ޤާނޫނީގޮތުން، ޤާނޫނުލްޢުޤޫބާތުގައި ކަނޑައަޅައި، އެކަން ކުރާގޮތަށް ނެތުން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، މަޖިލީހުން މި ފިކުރާއެކުގައި މިބިލް ފާސްވެގެން ހިނގައިދާނެ ކަމަށް.

ހަމައެހެންމެ، އަޅުގަނޑުމެން ރާއްޖޭގައި އަތް ކެނޑުންވެސް އެއީ، މިހާތަނަށް އައިއިރުގައި ޢާންމުކޮށް ކުރަމުން އައި ކަމެއް ނޫން. އެކަން ކުރެވުނު ދެފަހަރެއްގައިވެސް އެކަމާ ގުޅިގެން ނުކުތް، ނޭދެވޭ ކަންކަން، ނުރަނގަޅު ކަންކަން އެހާމެ ފުޅާ، އެހާމެ ބޮޑު. އަޅުގަނޑަކަށް ނުފެނޭ، އަޅުގަނޑުގެ ނަޒަރުގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ލިޔެވިގެން އެކަން ކުރަމުން ގެންދާ ގޮތަށް އޮންނާންވެއްޖެ ކަމެއް ކަމަކަށް ...

2.      ބިންވެރި ކުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅު
..... ހަމަގައިމުވެސް، އަޅުގަނޑަކަށެއް ނޯޅޭ، މާލޭ ރައްޔިތުން އެދޭ އެދުމެއްވެސް. އަދި މުޅި ރާއްޖޭގެ ރައްޔިތުން އެދޭ އެދުމެއްވެސް. އެ ރައްޔިތުންނެއް ނޭދޭ، މި ރާއްޖޭގައި އަތް ކަނޑާކަށްވެސް، ޤަތުލުކުރާކަށްވެސް، ރަޖަމްކުރާކަށްވެސް، އަދި އެ ރައްޔިތުންނެއް ނޭދޭ އިނގޭތޯ، .....

މި ވަހާކަތަކަކީ ކަނޑައެޅިގެން އިސްލާމްދީނާ ފުށުއަރާ ވާހަކަތަކެއް ނޫންތޯއެވެ!

އެކަމަކު ލާދީނޭ ކިޔާތީ ހައްޔަރުކޮށް ބާރުކަނޑުވާލަން ޖެހޭބަޔަކީ ދީނީ ޢިލުމުވެރިންކަމަށް ދެކޭ މިނިވަން ކޮމިޝަންތައް މިރާއްޖޭގައި ހުރުމުން އަހަރެން ވަރަށް ހައިރާންވެއެވެ.

No comments:

Post a Comment