Friday 6 September 2013

ވޯޓުލުމުގެ ކުރިން

ވޯޓުލުމުގެ ކުރިން!


ކުރިޔަށް އޮތް 5 އަހަރަށް ދިވެހި ޤައުމުގެ ވެރިކަން ޙަވާކުރަންވީ ކާކަށްތޯ ބެލުމަށް ނަގާވޯޓު މާދަމާ (7 ސެޕްޓެމްބަރ 2013 ވާ ހޮނިހިރުދުވަހު) ރާއްޖޭގެ އެކިކަންކޮޅުގައި ފެށޭނެއެވެ. މި އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންނަކީ:
1.       ޤާސިމް އިބްރާހީމް
2.       މުޙައްމަދު ވަޙީދު ޙަސަން
3.       ޢަބްދުﷲ ޔާމީން
4.       މުޙައްމަދު ނަޝީދު
މި 4 ބޭފުޅުންނެވެ.
ޤާސިމް އިބްރާހިމްއަކީ އޭބޭފުޅާގެ ވެރިކަމެއްގައި ހުރިހާދިވެހިންގެ ވިސްނުމާއި ފިކުރު ބޭނުންކުރައްވާނެކަން ޢިއުލާނުކުއްވާފައިވާ ބޭފުޅެކެވެ. އިންދތިހާބުގައި ވާދަކުރައްވާ 4 ސިޔާސީ ފިކުރުގެ އަޑުއަހައި، އެމަނިކުފާނުގެ ސަރުކާރެއްގައި 4 ފިކުރުވެސް ބައިވެރިކުރާނެކަމަށް ވިދާޅުވިއެވެ. ޤާސުމުގެ ފަހަތްޕުޅުގައި، އިސްލާމް ދީނުގެ އެކި ދާއިރާތަކުން މަތީތަޢުޅިމު ލިބިވަޑައިގެންފައިވާ ބޭފުޅުން ތިއްބެވިކަމީ ދީނަށް ލޯބިކުރާ ގިނަދިވެހިންގެ ހިތަށް ފިނިކަން ލިބޭ ކަމެކެވެ. ޤާސިމަކީ އިޤްތިސާދީ ގޮތުން ތަޖުރިބާކާރު ބޭފުޅެކެވެ. ޤާނޫނީ އަސާސި ހެދި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ބޭފުޅެކެވެ. ހާޖަތްތެރި ގިނަދިވެހިންނަށް ޖެހިފައިހުރި ބޮޑެތި ކަންކަމަށް ދީލަތިކަމާއި އެކު އެހީތެރިވެދެއްވާ ބޭފުޅެކެވެ. ......
މުޙައްމަދު ވަޙީދަކީ މިފަހުން ރާއްޖެއަށް އެންމެ ކެއްތެރި އެއްބޭފުޅާއެވެ. ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނަށް ރާއްޖޭގެ ވެރިކަން ޙަވާލުކުރެއްވީ މުޙަމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުންނެވެ. ނަމަވެސް މުޙައްމަދު ނަޝީދުގެ ޕާޓީގެ އިސް ސަފުގައި ތިބި އެންމެން އެމަނިކުފާނަށް ފުރައްސާރަކޮށް ދުއްތުރާތަކަށް ކެއްކޮށް މިޤައުމުގެ އިތުރަށް ހަލަބޮލިވިޔަނުދީ ވެރިކަން ކުރެއްވިކަމީ އެމަނިކުފާނަށް ޝުކުރުހައްޤު މަސައްކަތް ޕުޅެކެވެ. ހަގީގަތުގައި މުޙައްމަދު ވަޙިދަކީ، އަޅުގަނޑުމެންނަށް ފެންނަ ހިސާބުގައި ކެއްތެރިކަމާއި މަޑުމައިތިކަމުގެ ވަރަށް ރީތި ނަމޫމާއެކެވެ. ފަރުދާގެ ފުރަގަހުގައި ހިގާކަންތައްތަކާއި އުޑުނުއިވޭ، ނުފެންނެ ފަށުގައި ހިގާކަންކަން ﷲ ވަކީލެވެ. .....
ޢަބްދުﷲ ޔާމީން އަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ވަރަށް ގިނަ ވުޒާރާތައް ހިންގެވި ބޭފުޅެކެވެ. ދިވެހިން ނާ އެކުވެރި ގާތް ބޭފުޅެއްކަމަކަށް އަޅުގަނޑު ދަންނަ މީހުނެއް ނުދެކެއެވެ. ކިބުރުވެރިކަމާއި ބޮޑާކަމާއި އެނެކާ ދެރަކޮށްލެއްވުމާއި ގަދަބަސް ބުނާ ބޭފުޅެއްކަންމަށް މީހުންބުނާ ބުނުމަކީ ކިހާވަރެއްގެ ހަގީގަތެއް އޭގައި އެކުލެވިގެންވާ ވާހަކައެއްބާވައެވެ. އިސްލާމްދީނުގެ ކަންކަން ބޭބޭފުޅުގެ ފަރާތުން އެކަށީގެންވާ މިންމވަރަށް އޮޅުންފިވައިފައި ނެއްކަން، ސްޓޭޖްތަކަށް އަރާވަޑަގެން ދަކަވާ ވާހަކަފުޅުތަކުން ދޭހަވެއެވެ.
މުޙައްމަދު ނަޝީދަކީ އަޚުލާޤީ ގޮތުން ދަށުދަރަޖައިގެ ގިނަމީހުންނަށް ވަރަށް ކަމުދާ ބޭފުޅެކެވެ. ހަރުއަޑުފުޅުން ހަޅޭއްލައްވަވައި، ޑާންސްކުރެއްވާ މީޑިޔާގެ ސަމާލުކަން ހޯދެވުމަށް ހެއްވާ މަޖާ ސްޓަންޓުޖެއްސުމަށް ވަރަށް ކުޅަދާނެ ބޭފުލެއްކަން ގިނަދިވެހީން ގަބޫލުކުރާކަން އޭނާށް ތާއީދުކުރައްވާ ބޭފުޅުންގެ ފަރާތުން ސާބިތުވެއެވެ. ﷲ ތަޢާލާގެ ޙުކުމްތަކުގެ ތެރެއިން ބައެއް ޙުކުމްތަކަށް އިޝާރާތް ކޮށް ނަޝީދު ވިދާޅުވެފައި ވެއެވެ. "...... ހަމަގައިމުވެސް، އަޅުގަނޑަކަށެއް ނޯޅޭ، މާލޭ ރައްޔިތުން އެދޭ އެދުމެއްވެސް. އަދި މުޅި ރާއްޖޭގެ ރައްޔިތުން އެދޭ އެދުމެއްވެސް. އެ ރައްޔިތުންނެއް ނޭދޭ، މި ރާއްޖޭގައި އަތް ކަނޑާކަށްވެސް، ޤަތުލުކުރާކަށްވެސް، ރަޖަމްކުރާކަށްވެސް، އަދި އެ ރައްޔިތުންނެއް ނޭދޭ އިނގޭތޯ، ....." (http://www.presidencymaldives.gov.mv/Index.aspx?lid=69&dcid=6518) މިއީ ކަނޑައެޅިގެން ރައްޔިތުގެ ނަމަކުގައި އެމަނިކުފާނު ހެދި ބޮޑު ބުހުތާނު ދޮގެކެވެ. ދިވެހި ރައްޔިތުން އިސްލާމްދީނަށް ވަނީ ރުހުމުގައި އެދީނުގެ ހުރީހާ ޙުކުމްތައް ފުރިހަމައަށް ޤަބޫލުކޮށްގެންނެވެ. މުސަބަބައްޓަކައި ގިނަދިވެހިން ނަޝީދާއި ފާޅުގައި ދެކޮޅުވެރިކަން ފާޅުކުރާން ޖެހުނެވެ. .....

ވީމާ، 4 ނަމްބަރު ކެނޑިޑޭޓައް ވޯޓުދެއްވާ ބޭފުޅުން މިވީޑިއޯ (http://www.youtube.com/watch?v=T4UXaf_o39U) ބައްލަވާލެއްވުމަށް ފަހުގައި ވަރަށް ހިތްމަޖެހިގެން ވޯޓުލެއްވުންއެދެމެވެ. އަދި އެމަނިކުފާނާ ދެކޮޅު ބޭފުޅުން 1 ނަންބަރު ކެނޑިޑޭޓައް ވޯޓުދެއްވައި ރާއްޖޭގައި ތިބި ދީން ކިޔަވައިގެން ތިއްބެވި ގިނަ ބޭފުޅުންގެ ހިތަށް ފިނިކަމެއް ހޯއްދަވައިދެއްވުން އެދެމެވެ. އެހެނީ ޤަސީމުވަނީ ދީން ކިޔަވައިގެން ތިއްބެވި ބޭފުޅުންގެ އަތުގައި ހިއްޕަވައި އެމަނިކުފާނުގެ އޮޑިޔަށް ނަންގަވާފައެވެ. ޝުކުރިއްޔާ! والحمد لله!

No comments:

Post a Comment