My Views
Friday, 2 January 2015
Kitab At-Tauhid
Wednesday, 27 November 2013
THE PILLARS OF ISLAM
THE PILLARS OF ISLAM
Wednesday, 11 September 2013
Hairaaneh nuvey thoaeve!
ހައިރާނެން ނުވޭތޯއެވެ!
ހަމައެހެންމެ، އަޅުގަނޑުމެން ރާއްޖޭގައި އަތް ކެނޑުންވެސް އެއީ، މިހާތަނަށް އައިއިރުގައި ޢާންމުކޮށް ކުރަމުން އައި ކަމެއް ނޫން. އެކަން ކުރެވުނު ދެފަހަރެއްގައިވެސް އެކަމާ ގުޅިގެން ނުކުތް، ނޭދެވޭ ކަންކަން، ނުރަނގަޅު ކަންކަން އެހާމެ ފުޅާ، އެހާމެ ބޮޑު. އަޅުގަނޑަކަށް ނުފެނޭ، އަޅުގަނޑުގެ ނަޒަރުގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ލިޔެވިގެން އެކަން ކުރަމުން ގެންދާ ގޮތަށް އޮންނާންވެއްޖެ ކަމެއް ކަމަކަށް ...
Friday, 6 September 2013
ވޯޓުލުމުގެ ކުރިން
ވޯޓުލުމުގެ ކުރިން!
Sunday, 31 March 2013
މުދާ
މުދަލަކީ ﷲ ތަޢާލާގެ މިލްކެއް، އެމުދާ މީސްތަކުންގެ އަތްމަތީގައިވަނީ އަމާނާތެއްގެ ގޮތުގައި، އެ ހޯދައިގަންނަން ޖެހެނީ އެ އިލާހު ހުއްދަކުރެއްވި އުސޫލުތަކުގެމަތިން، އެ ހޭދަކުރަންޖެހެނީ އެއިލާހު ހުއްދަކުރެއްވި ގޮތުގެމަތިންނެވެ. މިކަމަކީ ހިސާބު ބެއްލެމުގެ ދުވަހުގައި ސުވާލުކުރެވޭނެކަންކަމެވެ. ހެއްދެވި ޚާލިޤެއް އެއްކައުވަންތަ އިލާހެއް ވާކަން ޤަބޫލުނުކުރާ ކާފިރުންގެ އުސޫލަކާއި ގޮތްތަކުގައި މަސްލަޙަތު އެއްގޮތަކަށްވެސް ނުނުންނާނެއެވެ. އިޤްތިޞާދު ބައްޓަން ކުރަންޖެހޭނީ އުޑާއި ބިމާއި އެދެމެދުގައި ވާހާތަންތަނާއި ތަކެއްޗެއްގެ މިލްކުވެރި ފަރާތް (ﷲ تعالى) އަމުރުކޮށް އެކަންކުރަން އަންގަވާފައިވާ ގޮތަށެވެ.
Sunday, 25 November 2012
ބަޔާން
بسم الله الرحمن الرحيم
السلام عليكم ورحمة الله وبركاته
މިދުނިޔޭގެ ޙަޔާތަކީ ވަރަށް ކުރު އެއްޗެކެވެ. މިޙަޔާތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނީ ވަރަށް މަދުބަޔަކަށެވެ. އެހެންކަމުން މިޙަޔާތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް އަވަސްވެގަންނަމެވެ. މިކަން ޙާސިލްވާނީ ، ތިޔަ އެންމެ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންނެވެ. އަޅުގަނޑުގެ ޙަޔާތުގެ ދުވަސްތައް ވޭތިކުރަން ޖެހިފައި މިއޮތީ ތަޔަބޭފުންނާއެކުގައިއެވެ. ތިޔަބޭފުޅުންގެ މުދަލާއި މިލްކުގައިވާ ތަކެތީގެ ތެރޭގައި އަޅުގަނޑުގެ ދިރިއުޅުން މިވޭތިކުރާ ކުރުމުގައި، ތިޔައިގެ އެންމެ ބޭފުޅުންގެ ޙައްޤުތަކަށް، ފަރުވާކުޑަކުރެވުމުގެ ސަބަބުންނާއި އީމާންތެރިކަން ބަލިކަށިކަމުގެ ސަބަބުން، އަރައިގަނެވިފައި ވުމީ ވަރަށް ގާތްކަމެކެވެ. އެކަން ތިޔަބޭފުޅުންނަށް އިޙުސާސްނުވެ، ފާހަގަނުކުރެވި އޮތުމަކީ އެކަން އަޅުގަނޑުގެ ފަރާތުން ނުވެއޮތްކަމުގެ ދަލީލެއްނޫނެވެ. ފާއިތުވެ ދިޔަތަން ވޭތުވެފައިވަނީ އެފަދައިންނެވެ. ވިސްނާއިލެވުމާކާ ނުލައެވެ.
ވިމާ، އަޅުގަނޑުގެ ފުށުން ލިބިފައިވާ ގެއްލުންތައް މާފްކޮށްދެއްވުން އެދެމެވެ. ތިބާގެ ޙައްޤަށް އަރައިގަނެވިފައި ވުމުގެ ސަބަބުން ލިބުނުގެއްލުމުގެ ދެގުނަ އިތުރަށް ތިބާއަށް ދެއްވާށިއެވެ! ތިބާގެ މުދަލުގައި ﷲ ބަރަކާތް ލައްވައި، ތިބާގެ ޢުމުރު ދިގުކުރައްވައި، ހެޔޮޢަމަލު ގިނަ ކުރުމުގެ ތަޢުފީޤު ތިބާއަށް މިންވަރުކޮށްދެއްވާށިއެވެ. ﷲ تعلى އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ.